އޮސްކާ ނޮމިނޭޝަން 2019: ރޭހުގެ އެންމެ ކުރީގައި "ރޯމާ އާއި "ދަ ފޭވަރިޓް"!

ފިލްމު "ރޯމާ"ގެ ޕޯސްޓަރެއް--

ހޮލީވުޑްގައި ދެވޭ އެންމެ ބޮޑު އެވޯޑު އޮސްކާ އެވޯޑްގެ ނޮމިނީޝަންތައް އާންމުކޮށްފި އެވެ.

ހުރިހާ ކެޓެގަރީތަކަށް ޖުމްލަކޮށް ބަލާއިރު ރޭހުގެ އެންމެ ކުރީގައި އުޅެނީ ޑައިރެކްޓަރު އަލްފޮންސޯ އުފެއްދި "ރޯމާ" އާއި ޔޯގޯސް ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ފިލްމު "ދަ ފޭވަރިޓް"އެވެ.

މި ދެ ފިލްމަށް އެކި އެކި ކެޓެގަރީތަކުން 10 ފަހަރު ވަނީ ނޮމިނޭޓްވެފަ އެވެ.

އެންމެ މޮޅު އެކްޓަރުގެ މަގާމަށް ވާދަކުރަނީ:

ކްރިސްޓިއަން ބޭލް - ފިލްމު "ވައިސް"

ބްރޭޑްލީ ކޫޕަރ - ފިލްމު "އަ ސްޓާ އިޒް ބޯން"

ވިލެމް ޑަފޯރ - ފިލްމު "އެޓް އެޓާނިޓީސް ގޭޓް"

ރާމީ މަލެކް - ފިލްމު "ބޮހެމިއަން ރެޕްސޮޑީ"

ވިގޯ މޯޓެންސެން - ފިލްމު "ގްރީން ބުކް"

އެންމެ މޮޅު އެކްޓްރެސްގެ މަގާމަށް ވާދަކުރަނީ:

އަލިޓްޒާ އަޕަރީސިއޯ - ފިލްމު "ރޯމާ"

ގްލެން ކްލޯސް - ފިލްމު "ދަ ވައިފް"

އޮލިވިއާ ކޯލްމަން - ފިލްމު "ދަ ފޭވަރިޓް"

މެލިސާ މަކާތީ - ފިލްމު "ކޭން ޔޫ އެވާ ފޮގިމް މީ"

ލޭޑީ ގާގާ - ފިލްމު "އަ ސްޓާ އިޒް ބޯން"

އެންމެ މޮޅު ފިލްމަކަށް ވާދަކުރާ ފިލްމުތަކަކީ:

- ބްލެކް ޕެންތާ

- ބްލެކްލެންސްމަން

- ބޮހެމިއަން ރެޕްސޮޑީ

- ދަ ފޭވަރިޓް

- ދަ ގްރީން ބުކް

- ރޯމާ

- އަ ސްޓާ އިޒް ބޯން

- ވައިސް

"ބްލެކް ޕެންތާ"އަކީ ފުރަތަމަ ފަހަރަށް އޮސްކާގެ ނޮމިނީޝަނެއްގައި ހިމެނުނު ސުޕަހީރޯ ފިލްމެވެ. މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާ އޮންނާނީ އަންނަ މަހު 24 ގަ އެވެ.

comment ކޮމެންޓް