ހުޅުމާލޭގައި ކާރަކުން ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި މީގެ ކުރިން އެކްސިޑެންޓް ވެފައި: މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ދެ މީހަކާއި ކުޑަ ކުއްޖަކަށް ވަނީ އަނިޔާވެފައި --- ސަން ފައިލް ފޮޓޯ

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެމްޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިއަދު ހެނދުނު އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި އައި ކާރެއް އަނެއް ފަރާތަށް ކައިރިކުރަން އުޅުމުގެ ތެރޭގައި އެ ފަރާތުން ދުއްވާފައި އައި ކާރަކާއި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

ކާރުން ޖެހި ސައިކަލު ދުއްވަން އިން 59 އަހަރުގެ ފިރިހަން މީހާއަށް އަނިޔާވެ، ފަރުވާ ދިން އިރު އޭނާގެ ފަހަތުގައި އިން އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޝޮކެއް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ބައިސްކަލެއްގައި އައި 54 އަހަރުގެ ފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާ ލިބުނުކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިޝަރު އާޝިޔާ ސޯލިހު ވިދާޅުވީ، މިއަދު ހެނދުނު 9:40 ގައި އެކްސިޑެންޓް ވެގެން ދެ ފިރިހެނުން ގެނައި ކަމަށާއި އެ މީހުނަށް އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން އެކެއްގެ ބޮލަށާއި ވާއަތަށް ގެއްލުން ވެފައިވާއިރު 54 އަހަރުގެ މީހާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސް ނޭފަތުން ލޭ އައިސްފައިވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް