"ސޯންޗިރިޔާ" މާޗު މަހަށް ފަސްކޮށްފި

ސުޝާންތު ސިންގް ރާޖްޕުތު އަދި ބޫމީ ޕަދްނޭކަރު ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު 'ސޯންޗިރިޔާ' ރިލީޒްކުރުން ފަސްކޮށްފި އެވެ.

ފިލްމު ރިލީޒްކުރަން ކުރިން ހަމަޖައްސައިފައި އޮތީ އަންނަ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރާނީ މާޗު މަހުގެ ފުރަތަމަ ދުވަހު އެވެ. ފިލްމު ރިލީޒްކުރުން ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފެބުރުއަރީ މަހު އުންމީދީ ގިނަ ފިލްމުތަކެއް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަބީޝެކް ޗައުބޭ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމަކީ އިންޑިއާގެ ޗަމްބަލް ސަރަހައްދުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޓްރެއިލާއަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ އިރު ފިލްމުގެ ކާސްޓު ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެ އެވެ. ސުޝާންތު އަދި ބޫމީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން މަނޯޖް ބާޖްޕާއީ ރަންވިރް ޝޯރޭ، އަދި އަޝުތޯޝް ރާނާ ފެނިގެންދާނެ އެވެ.

comment ކޮމެންޓް