މަޑުއްވަރީގައި ބިދޭސީއަކު ގެއްލިގެން ހޯދަނީ

މަޑުއްވަރީން ގެއްލިގެން ހޯދާ މީހާ ސިފަވާ ކުރެހުމެއް --

މ. މަޑުއްވަރީ ގައި ބިދޭސީ އަކު ގެއްލިގެން ހޯދަން ފަށަައިފި އެވެ.

މަޑުއްވަރީގައި ބިދޭސީ އަކު ގެއްލިއްޖެ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 11:00 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަޑުއްވަރީން ގެއްލިފައި ވަނީ ބަންގްލަދޭޝްގެ 25 އަހަރުގެ މީހަކު ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ބިދޭސީ މީހާ މަސައްކަތް ކުރަނީ އެ ރަށު އޮޑިހަރު ގެޔެއްގައި ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް