މުހިންމު މައުލޫމާތުތައް ރައްކާތެރިކޮށް އެހެންބަޔަކަށް އެކްސެސްނުވެވޭނެގޮތް ހަދާނަން: މަލީހް

ޓެކްނޮލަޖީ އަދި ކޮމިޔުނިކޭޝަންގެ މިނިސްތަރު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ހެލްތު ރެކޯޑްސް ފަދަ މުހިންމު މައުލޫމާތުތައް ފޯރަންޖެހޭ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކްސެސް ނުވާނެގޮތް ހައްދަވާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިއްހީ ހިދުމަތްތައް ދޭ ހުރިހާ ތަންތަނެއް އެއް ވިއުގައަކަށް ގުޅާލުމަށް ސޮއިކުރުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް އަމީހެއްގެ ޒާތީ މައުލޫމާތުގެ މުހިންމުކަމާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"މިދިޔަ ހަފްތާގައިވެސް ސޯޝަލް މީޑިއާއިން އަޅުގަނޑުމެންނަށް ފެނިގެން އެބަދިޔަ ބޭފުޅަކަށް އެ ބޭފުޅެއްގެ ހެލްތު ރެކޯޑް ޓެކްސީއެއްގައި ބާއްވާފަ ފެއިބުނީ. އެ ހެލްތު ރެކޯޑް ނުފެނިގެން ހޯދަން އެތައް ބައިވަރު އެނައުންސްމަންޓްތަކެއް ހަދައިގެން މިކަމާ އެބަހުރި،" މިނިސްޓަަރު ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ގިނަ ގައުމުތަކެއްގައި ރައްޔިތުންގެ ޒާތީ މައުލޫމަތުތައް ރައްކާތެތިކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ސަރުކާރެެއްގެ ހައިސިއްޔަތުން އެކި އެކި މުވައްސަސާތަކުގެ ބޭފުޅުން އަމިއްލަ ނަފްސާ ސުވާލުކުރައްވަން އެބަޖެހޭ އެބޭފުޅެއްގެ އަމިއްލަ އީމެއިލް ރައްކާތެރިތޯ އަމިއްލަ އޮފީހުގެ ނެޓްވޯކް ރައްކާތެރިތޯ. ކޮންބަޔަކަށްތޯ މިއަށް އެކްސެސް ކުރެވެނީ. މީގެ އޮޑިޓެއް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށައިގަންނާނަން،" މަލީހް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ހެލްތު ރެކޯޑްސް ފަދަ ސަރުކާރުގެ އެކިއެކި މުހިންމު މައުލޫމާތުތައް ފޯރަންޖެހޭ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކްސެސް ނުވާނެފަދަ ގޮތަކަަށް އެ ނިޒާމް ބައްޓައްކުރުން ކަމަށެވެ.

"އެކަމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭކަމެއް ވަކި ނެޓްވޯކެއް ސަރުކާރުގެ ނެޓްވޯކެއް ހިދުމަތްދޭ ހެލްތު މިނިސްޓްރީ ކަމުގައި ވިޔަސް އަދި އެންސީއައިޓީ ކަމުގައިވިޔަސް އެހެެނިހެން މުވައްސަސާއެއް ކަމުގައި ވީ ނަމަވެސް ވަކި ވިއުގައަކުން ރަނގަޅު ސެކިއުރިޓީއާއެކު އެކަން ކުރިއަށް ގެންދިއުން. އެކަމަށް ރައީސް ސޯލިހްގެ ވިސްނުންފުޅު އެބަހުރި،" މަލީހް ވިދާޅުވއިެވެ.

comment ކޮމެންޓް