ވަރުވާއަށް ރަށްތައް ދޫކުރުން މެދުކަނޑާލައިފި

ވަރުވާއަށް ދޫކޮށްފައި އޮތް ފަޅުރަށެއްގައި ދަނޑުވެރިކަން ކުރަމުންދަނީ: ސަން ފައިލް ފޮޓޯ

އާންމުކޮށް އިއުލާނު ނުކޮށް ފަޅުރަށްތައް ކުއްޔައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ފިޝަރީމް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން، އާންމުކޮށް އިއުލާނުކޮށް، ފަޅުރަށްތައް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި އަދި ވަރުވާއަށް ފަޅުރަށްތައް ހޯދުމަށް ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ވަރުވާއަށް ރަށެއް ދޫކުރެއްވޭނީ ދައުލަތުގެ ބޭނުމަށް ކަނޑައަޅުއްވާފައިވާ ފަޅުރަށާއި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށްރަށް ފިޔަވައި ފިޝަރީޒް މިނިސްޓްރީގެ ޙަވާލުގައި ހުންނަ ފަޅުރަށްރަށުގެ ތެރެއިން ވަރުވާއަށް ދޫކުރުމަށް އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ރަށްރަށެވެ.

ފަޅުރަށެއް ކުއްޔަށް ހިފާއިރު އެރަށުގައި ކުރަން ހުށަހަޅާ މަސައްކަތަކީ އެއިރެއްގައި ރާއްޖޭގައި އާންމުކޮށް ނެތް ބާވަތެއް ނުވަތަ ޓެކްނޮލޮޖީއެއް ރާއްޖޭގައި އާންމުކުރުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ޖެހެއެވެ.

comment ކޮމެންޓް