ސައްހަ 3000 ފޯމު ހަމަނުވެގެން ޕީއެންސީ އަލުން ފޯމު ހުށަހަޅައިފި

ޕީއެންސީ ރަޖިސްޓްރީ ކުރުމާ އަށް ފޯމް ހުށައެޅުމައް އިލެކްޝަން ކޮމިޝަން އަށް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ޕީޕަލްސް ނެޝަނަލް ކޮންގްސް (ޕީއެންސީ) އިން ޕާޓީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސައްހަ 3000 ފޯމު ހަމަ ނުވަތީ އަލުން ފޯމު ހުށަހަޅައިފި އެވެ.

ޕީއެންސީއިން އެންމެ ފުރަތަމަ 4000 ފޯމު ރެޖިސްޓްރީ ކުރަން ހުށަހެޅި އެވެ. އޭގެ ތެރެއިން ސައްހަވީ 1950 ފޯމު ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެހެންވެ 3000 ފޯމު ހަމަ ކުރަން މިއަދު އަލުން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އެނގިފައިވާ ގޮތުން ޕީއެންސީ އިން ހުށަހެޅި ފޯމުތަކުގެ ތެރޭގައި އެހެން ޕާޓީތަކަށް ވަންނަން މީހުން ސޮއިކޮށްފައި ހުރި ބައެއް ފޯމުތައް ވެސް ހިމެނެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕީއެންސީއިން ހުށަހެޅި ފޯމުތައް ޗެކް ކުރަމުން އަންނަ ކަމަށެވެ. އަދި ދެ ފަހަރަށް ފޯމު ހުށަހަޅަން ފުރުސަތު ދިނުމަކީ އެހެން ޕާޓީތަކާ މެދު ވެސް އަމަލުކޮށްފައިވާ ގޮތް ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައި ވަނީ ޕީއެންސީއިން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ވަގު ފޯމުތަކެއް ހުރި ކަމަށެވެ.

ޕީއެންސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވާ ޕާޓީ އެވެ. ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

comment ކޮމެންޓް