ލަންކާގެ މިނިވަން ދުވަހަށް ރައީސް ސޯލިހު ކޮލޮމްބޯއަށް

ރައީސް ސޯލިހު، ރާއްޖޭގައި ހުންނަވާ ލަންކާ ސަފީރު މޭޖަރ ޖެނެރަލް (ރޓޑ) އަސޯކަ ތޮރަދެނިޔައާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ކޮލޮމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ކިބައިން ސްރީލަންކާއަށް މިނިވަންކަން ލިބުނީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ރައީސް ލަންކާއަށް ވަޑައިގަންނަވާކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ.

ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތަކަށް ރައީސް ސޯލިހު ކުރައްވާ މި ދަތުރުފުޅު ކުރިއަށްދާނީ ފެބްރުއަރީ ތިނަކުން ފަހެއްގެ ނިޔަލަށެވެ.

https://sun.mv/113587

ރައީސް ސޯލިހު ވަނީ މި މަހުގެ ކުރީކޮޅު ސްރީލަންކާއަށް ނުރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ.

މީގެ އިތުރުން މި މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަވާ ސްރީލަންކާގެ ސަފީރު މޭޖާ ޖެނެރަލް (ރޓޑ) އަސޯކަ ތޮރަދެނިޔައާ ބައްދަލުކުރައްވައި، ލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމުކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް