މަންދު ކޮލެޖުގެ ބިިއްލޫރިގަނޑެއް ތަޅާލައިފި

މަންދު ކޮލެޖުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

އެ ކޮލެޖްގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަން އެ ކޮލެޖްގެ ވެރިޔާ އިބުރާހިމް އިސްމާއިލް (އިބުރާ) ރޭ ކުރި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަންދު ކޮލެޖުގެ ބިއްލޫރުގަނޑު ތަޅާލައިފައިވާ މައްސަލައެއް ރޭ 02:13ގައި ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލާގައި މީހަކު ހައްޔަރުނުކުރާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރޭ މަންދު ކޮލެޖުގެ ބިއްލޫރިގަނޑު ތަޅާލި އިރު ރޭ ވަނީ އެ ހިސާބުގައި ޒުވާނުންތަކެއް އެއްވެ އެމީހުންގެ ޝޫއޫރު ފާޅުކޮށްފަ އެވެ. އަދި އިއްޔެ ފުލުހުން ވަނީ މަންދު ކޮލެޖު ކުރިމަތީގައި އިހުތިޖާޖު ކުރި ބަޔަކު ފުލުހަށް ހާޒިރުކޮށްފަ އެވެ.

ނަމަވެސް މިހާރު އެމީހުން ވަނީ ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް