އެލައިޑުން ޕްރީސްކޫލު ކުދިންނަށް ސްޓޭޝަނަރީސް ހަދިޔާކޮށްފި

އެލައިޑުން އަހުމަދިއްޔާ އަށް ތަކެތި ހަދިޔާކުރަނީ -- ފޮޓޯ: އެލައިޑް

ދިރާސީ އާ އަހަރު ފެށުމާ ގުޅުވައިގެން އެލައިޑް އިންޝުއަރެންސް އިން ޕްރީ ސްކޫލު ދަރިވަރުންނަށް ސްޓޭޝަނަރީސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން އެ ކުންފުނިން ވަނީ ގަލޮޅު ސްކޫލަށާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ކުޑަކުދިންގެ ހިޔާ ފިޔަވަތީގައި ތިބޭ ޕްރީ ސްކޫލް ދަރިވަރުންނަށް ސްޓޭޝަނަރީސް ހަދިޔާކޮށްފައެވެ.

އެލައިޑް އިންޝުއަރަންސްގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އާއި އަންޑަ ރައިޓިން މެނޭޖަރު އަހުމަދު ޝާބިގެވެ.

އެލަިއޑަކީ ތައުލީމަށް އިސްކަންދޭ ކުންފުންޏެކެވެ. ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ ދިރާސީ އާ އަހަރު ފެށުމާއި އެކު ހުރިހާ ދަރިވަރުންނަށްވެސް އުފާވެރި ފާގަތި އަހަރަކަށް އެލައިޑުގެ ފަރާތުން އެދޭ ކަމަށެވެ.

މިއަހަރު ތިން ސުކޫލްގެ ދަރިވަރުންނަށް ސްޓޭޝަނަރީސް ފޯރުކޮށްދިން ނަމަވެސް އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް އަންނަ އަހަރު އިތުރު ސްކޫލްތަކާއި އެހެނިހެން ގްރޭޑްތައް ވެސް މިޕްރޮގްރާމުގައި ބައިވެރި ކުރާނެ ކަމަށެވެ.

އެލައިޑް އިންޝުއަރެންސަކީ ރައްޔިތުންނާއި ރައްޓެހި، އިންޝުއަރަންސްގެ ގިނަ ހިދުމަތްތަކެއް ދޭ ކުންފުންޏެކެވެ.

އެ ކުންފުނިން ދަނީ އިޖްތިމާއީ ޒިންމާގެ މަސައްކަތްތައް ވެސް ވަރަށް ހަރުދަނާކަމާއި އެކު ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެކުންފުނީގެ "ޕްރިމިއަމް ފޯ ގުޑް" ޕްރޮޖެކްޓްގެ ދަށުން ޔޫ.އެން.ޑީ.ޕީ އަދި އުރީދޫ އާއި ގުޅިގެން ރަށު އަދި އަތޮޅު ފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ގާއިމްކުރެވުނު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ފާހަގަ ކުރެވެއެވެ.

އެލައިޑުން ބުނީ މިމަރުކަޒުން ތަމްރީނުވެގެން ވަޒީފާގެ މައިދާނަށް ނުކުތުމުގެ ފުރުސަތު ގިނަ ޒުވާނުންނަށް ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް