މާލޭ ސައިޓްގެ ބަސްހުއްޓިތައް ހިޔާކުރަނީ

ބަސްހުއްޓިތައް ހިޔާކުރުމުގެ މަސައްކަތްކުރަނީ---

ސިނަމާލެ ބްރިޖު މަތިން ކުރާ ބަސް ދަތުރުތައް ހުއްޓާ ބަސްހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މާލޭ ސައިޓްގެ ބަސްހުއްޓިތައް ހިޔާކުރަން މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

"އެމްޕީއެލްގެ ފަރާތުން މިތަން މި ހިޔާކުރަނީ. ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭ މިތަންތަން ހިޔާކުރެވިގެންދާނެ،"

އެމްޕީއެލްގެ "ގްރޭޓާ މާލެ ޓްރާންސްޕޯޓު ލިންކު"ންދޭ ބަހުގެ ހިދުމަތަށް ޗާޖު ކުރަނީ 10 ރުފިޔާއެވެ. ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ.

ބަސް ދަތުރުގެ ހިދުމަތް މިވަގުތު އެމްޕީއެލްއިން ދިންނަމަވެސް އެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ނިންމައިފައެވެ. މިނިސްޓްރީ އިން އެގޮތަށް ނިންމި އިރު ކުރީ ސަރުކާރުގައި ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލްއާ ހަވާލު ކުރުމުން އެކުންފުނިން ބުނެފައިވަނީ އެ ހިދުމަތް ދިނުމަށް 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށެވެ.

comment ކޮމެންޓް