ހުޅުމާލޭގައި އަނެއްކާވެސް މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ހުޅުމާލެ ---

ހުޅުމާލޭގައި ބިދޭސީއަކު ކުއްލިއަކަށް މަރުވެފައި އޮއްވައި ފެނިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މިއަދު 2:00 ހާއިރު ބަންގްލަދޭޝްގެ 38 އަހަރުގެ ފިރިހެނެއް މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަަމަށް ފުލުހުން ކަށަވަރު ކޮށްދެ އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ކޮންތަނަކުން ކަމެއް ސާފެއް ނުވެ އެވެ. އޭނާ ދިރިއުޅެނީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބިދޭސީ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.

މިއަދު ވަނީ ހުޅުމާލޭ ރޯ ހައުސއެއްގެ ޓެރަސް މަތީން ވެސް މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. ފުލުހުން ބުނީ ރޯ ހައުސެއްގެ ޓެރެސް މަތީ ވެއްޓިފައި އޮތް މީހަކު މިއަދު މެންދުރު 13:10ގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން އޮފިޝަލް އާޝިޔާ ޞާލިހު ވިދާޅުވީ، ޓެރަސްމަތީގައި މަރުވެފައި އޮއްވާ ފެނުނީ، 80 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް