އިންޑިއާއިން ރާއްޖެއަށް އާ ސަފީރެއް!

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު --

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފިއެވެ.

އިންޑިއާ ސަފީރުގެ މަގާމަށް ހަމަޖައްސާފައިވަނީ ސަންޖޭ ސުދީރްއެވެ. އޭނާއަކީ މިހާރު ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރެއްގެ ލެވެލްގައި ހުންނެވި ބޭފުޅެކެވެ. ސުދީރް ވަނީ މީގެ ކުރިން މީގެކުރިން ސިޑްނީގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

އިންޑިއާ އިން ރާއްޖެއަށް މިހާރު ކަނޑައަޅާފައި ހުންނސވާ ސަފީރަކީ އަކިލޭޝް މިޝްރާއެވެ. މިޝްރާ މަގަމާ ހަވާލުވެ ވަޑައިގަތީ 2016 ވަނަ އަހަރެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާ އާ ސަފީރު މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ. ރާއްޖޭގެ އިތުރުން ސައުތު އެފްރިކާ، ބޫޓާން، ޖަޕާން، ޗައިނާ އަދި ސައުތު ކޮރެއާ އަށް ވެސް އާ ސަފީރުން ހަމަޖައްސަން އިންޑިއާ ސަރުކާރުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް