ފުވައްމުލަށް، އައްޑޫ ސިޓީ އަށް ރީނދޫ އެލާޓް ނެރެފި

ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ: މި ދެ އަތޮޅަށް ވަނީ ރީދޫ އެލާޓް ނެރެފަ -- ފޮޓޯ ގޫގުލް މެޕް

ދެކުނުގެ އަތޮޅުތަކަށް މީހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކު ސިޓީ އަދި އައްޑު ސިޓީ އަށް ރީނދޫ އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރެފި އެވެ.

ރީނދޫ އެލާޓް މި ދެ އަތޮޅަށް މެޓް އޮފީހުން ނެރެފައިވަނީ މިރޭ 9:00 އިން މިރޭ ދަންވަރު 12:00 އަށެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ގއ. އަތޮޅަށް ހުދު އެލާޓް ނެރެފައެވެ. ގއ. އަތޮޅަށް ހުދު އެލާޓް ނެރެފައި ވަނީ މިއަދ އިރުއޮއްސި 6:45 އިން މިރޭ 11:45 އަށެވެ.

ކުރިއަތް 24 ގަނޑިއަށް މޫސުން ކުރިއަށް ލަފާ ކުރާ ގޮތަށް ބަލާ އިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ، މީގެ ތެރެއިން އަދި ބައެއް ރަށް ތަކަށްް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ. އެހެންހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ އެވެ.

ވައި ޖެހޭނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އެވެ. އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.

މެދުތެރޭގައި ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަަށް 35 މޭލަަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

މެދުތެރޭ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ކެރި ގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ އެވެ.

comment ކޮމެންޓް