50 އަހަރުވީ ގްރޭޓް ވައިޓްޝާކާ އެކު ފަތައިފި

އޯޝަން ރަމްސޭގެ ޑައިވަރަކު ޑީޕް ބްލޫ އާއެކު -- ފޮޓޯ: އޯޝަން ރަމްސޭ

ވިހި ފޫޓު ދިގު، އުމުރުން 50 އަހަރުގެ ގްރޭޓް ވައިޓް ޝާކަކާއެކު ޑައިވަރުންތަކެއް ފެތި ވީޑިއޯ އަކަށް ސަމާލުކަން ހުއްޓިއްޖެއެވެ.

ގްރޭޓް ވައިޓް ޝާކަކީ ދުނިޔޭގައި މިހާރު އުޅޭ ޖަނަވާރުންގެ ތެރެއިން އެންމެ ބޮޑެތި ޖަނަވާރުތަކުގެ ތެރޭ ގުނައިލެވޭ މަހުލޫގެކެވެ. ހަވާއީ ކައިރިން ފެނުނު ގްރޭޓް ވައިޓް ޝާކުގެ ވީޑިއޯ އަކަށް ސަމާލުކަން ލިބުނީ އޭގެ ވީޑިއޯ އިންސްޓަގްރާމުގައި ޝެއާ ކުރުމާއެކުގައެވެ.

އޯޝަން ރަމްސޭ އިން ޝެއާކޮށްފައިވާ އެ ވީޑިއޯ އާއެކު ބުނެފައިވަނީ އެއީ އަންހެން މިޔަރެއް ކަމަށާއި އެއީ މާބަނޑު މިޔަރެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މިޔަރާއެކު ދެ ކޯމަސްވެސް އުޅުނު ކަމަށް ބުނެފައިވެއެވެ.

"ޑީޕް ބްލޫ"ގެ ނަމުން ނަންދީފައިވާ މި މިޔަރު މީގެ ކުރިންވެސް ކެމެރާތަކުގެ ލެންސަން އަރައި ސަމާލުކަން ހޯދާފައިވެއެވެ.

އޯޝަން ރަމްސޭ އިން ބުނެފައިވަނީ އެޓީމުގެ ޑައިވަރުން ޑީޕް ބްލޫ އާއެކު ގިނަ ވަގުތު ހޭދަކޮށްފައިވާ ކަމަށާއި އޭގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ގްރޭޓް ވައިޓް ޝާކެއް ސަމާލުކަން ހޯދާފައިވާއިރު، އޭއީ މާބަނޑު އެއްޗަކަށް ވެއްޖެނަމަ އެއީ އުފާކުރަންވީ ކަމެއްކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

View this post on Instagram

I waited quietly, patiently, observing as she swam up to the dead sperm whale carcass and then slowly to me passing close enough I gently put my hand out to maintain a small space so her girth could pass. I know some people criticize touch but what some don’t realize is that sometimes sharks seek touch, she swam away escorted by two rough-toothed dolphins who danced around her over to one of my @oneoceandiving shark research vessels and proceeded to use it as a scratching post, passing up feeding for another need. I wish more people would have a connection with sharks and the natural world, because then they would understand that it’s not petting sharks or pushing them off to maintain a respectable space that is hurting sharks (because trust me if she didn’t like being pet she can handle and communicate ????) it’s the wasteful and cruel practice of grabbing and catching sharks to cut off their fins (which slowly kills them) for #sharkfinsoup in a process called #sharkfinning or the wasteful #sharkfishing or #sharksportfishing If it bothers you that I touched the shark please click on one of the hashtags above and leave them a negative comment first ???? #HelpSaveSharks #SpreadAwareness #FinBanNow #bansharkfinning #Sharkfin Vid shot on my @gopro #gopro3000 #goproforacause out with @oneoceandiving with @juansharks ❤️ @mermaid_kayleigh ???? @camgrantphotography ❤️ @forrest.in.focus ???? @oneoceanresearch @oneoceanglobal @waterinspired @oneoceansharks @oneoceanhawaii @oneoceaneducation #savetheocean #sharktouch #touchingsharks #oneoceanteam #discoversharks #discoverocean #greatwhitesharkinhawaii #freedivingwithsharks #whitesharkhawaii #deadwhalehawaii #dolphinsandsharks #???????? #Hawaii #sharka ????????????

A post shared by Ocean Ramsey #OceanRamsey (@oceanramsey) on

comment ކޮމެންޓް