ތިން މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލުނު ދޯނި ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ "ފްރެޝް" ދޯނި، އެ ދޯނި ވަނީ މިހާރު ފެނިފައި----

ތިން މީހުންނާއެކު ގދ. ތިނަދޫއިން ފުރައިގެން މާލެ ދަތުރުކުރި "ފްރެޝް" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ ކަމަށް އެމްއެންޑިއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ދޯނި ފެނުނުއިރު ދޯނީގައި ތިބީ ދިވެއްސަކާ ދެ ބިދޭސީންކަމަށެވެ. އަދި ދޯނި ފެނުނުއިރު ދޯނީގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ގެއްލިގެން ހޯދަމުންދިޔަ އެ ދޯނީގެ ހަބަރެއް ވެފައިވަނީ ރޭ 00:50 ހާއިރު އެ ދޯންޏާ ގުޅުމުން ކަމަށާއި ދޯންޏާ ގުޅުމާއެކު އެމްއެންޑީއެފްގެ ލޯންޗެއް ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯންޏާ ބެހޭ މައުލޫމާތު ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ، ދޯންޏާ ނުގުޅި ގޮސްފައިވަނީ އިންޖީނު ހުއްޓުމުގެ ސަބަބުންކަމަށެވެ. އަދި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ފަތިހު 04:00 ހާއިރު ގދ. ތިނަދޫއަށް ގޮސްފައިވާކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް