ޖާބިރާއި ދިޔާނާއަށް އެމްޑީޕީގެ ޓިކެޓު ނުލިބުނު!

އަބްދުﷲ ޖާބިރު އަދި ފާތިމަތު ދިޔާނާ ސައީދު -- ސަން ފައިލް ފޮޓޯ

މިއަދު ބޭއްވި އެމްޑީޕީގެ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ނާކާމިޔާބުވެވަޑައިގެންފިއެވެ.

އަބްދުﷲ ޖާބިރު ކުރިމަތިލެއްވީ ކާށިދޫ ދާއިރާއަށެވެ. އޭނާއަކީ މީގެ ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

އެހެން ނަމަވެސް ކާށިދޫ ދާއިރާގެ ޕްރައިމަރީގައި އަބްދުﷲ ރިއްފަތުއާ ވާދަކުރައްވައި، ޖާބިރު ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވީ ޖާބިރާއި ރިއްފަތު އެކަންޏެވެ.

މީގެ އިތުރުން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ކުރިމަތިލެއްވީ ގއ. ވިލިނގިލި ދާއިރާއަށެވެ. ހަތަރު ކެންޑިޑޭޓަކު ކުރިމަތިލި ވިލިނގިލި ދާއިރާ ކާމިޔާބުކުރެއްވީ ގއ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހާރޫން ރަޝީދެވެ.

ދިޔާނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑަރ މިނިސްޓަރުކަންވެސް ދިޔާނާ ކުރެއްވިއެވެ.

comment ކޮމެންޓް