ރިންގު ރޯޑުގައި ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ

މިރޭ ރިންގު ރޯޑުުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ

މާލޭ ރިންގު ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:27 އެހައިކަންހާއިރު، ދެ ސައިކަލްޖެހި އެކްސިޑެންޓް ހިނގީ ސެނަހިޔާ ކައިރިން ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ރިންގު ރޯޑުން ދުއްވާފައި އައި ދެ ސައިކަލެއް ބުރުޒުމަގަށް އަޅަން އުޅުމުގެ ތެރޭގައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 51 އަހަރުގެ ފިރިހެނަކަށާއި 40 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ފުރަތަމަ ފަރުވާދިނީ ސެނެހިޔާގައި ކަމަށާއި މިހާރު ދެ މީހުންވެސް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އަނިޔާވި ދެ މީހުންނަކީވެސް އެއް ސައިކަލެއްގައި ތިބި ދެ މީހުން. އަނެއް ސައިކަލް ދުއްވަންއިން މީހާއަށް އަނިޔާނުވާ ކަމަށް މައުލޫމާތު ލިބިފައި ވަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް