ވިއެރާ ފެނުމުން ކުރެވުނީ ނުތަނަވަސް އިހުސާސްތަކެއް: އޮންރީ

ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއެރާގެ ބައްދަލުވުން -- ސަޗާ ޕިސަނީ

ކުރީގެ އާސެންލްއަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއެރާގެ ކޯޗުކަމުގެ ފުރަތަމަ ކުރިމަތި ލުމުން އުފެދުނީ ނުތަނަވަސް އިހުސާސެއް ކަމަށް މޮނާކޯގެ ކޯޗް އޮންރީ ބުނެފި އެވެ.

އޮންރީ އަދި ވިއެރާއަކީ 04-2003 ވަނަ ސީޒަނުގައި އެއްވެސް މެޗަކުން ބަލި ނުވެ، ޕްރިމިއާ ލީގު ކާމިޔާބީ ކުރި އިރު އާސީން ވެންގާގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން 1998 އަހަރުގެ ވޯލްޑް ކަޕްއާއި 2000 ވަނަ އަހަރުގެ ޔޫރޯ ވެސް ފުރާންސްއާ އެކު ކުޅެ މި ދެ ކުޅުންތެރިން ކާމިޔާބު ކޮށްފައިވެ އެވެ.

ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއެރާ އާސެނަލްއަށް ކުޅުނު ދުވަސްވަރުގެ ތެރެއިން

ކޯޗުކަމުގެ ދާއިރާއަށް ނުކުތުމަށް ފަހު މި ދެ އެކުވެރިންގެ ފުރަތަމަ ކުރިމަތިލުން ރޭގައި ފެނިގެން ދިޔަ މެޗުގައި ދެ ޓީމު ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އޮންރީ މޮނާކޯއަށް އިރުޝާދު ދިން އިރު ވިއެރީ ހުރީ ނައިސްގެ ކޯޗުގެ ގޮތުގައި އެޓީމަށް އިރުޝާދު ދިނުމަށެވެ.

"ލޮކާ ރޫމް ތެރެއިން އޭނާ ނުކުމެގެން އަންނަނިކޮށް ދިމާވުމުން ކުރެވުނީ ވަރަށް ނުތަނަވަސް އިހުސާސެއް،" މެޗަށް ފަހު ވިއެރާއާއި ކުރިމަތި ލާންޖެހުންވީ ކޮންކަހަލަ ކަމަކަށްތޯ ސުވާލު ކުރުމުން އޮންރީ ބުންޏެވެ.

މީގެ އިތުރުން ފުޓުބޯޅައިގެ ހަރުފަތްތައް ހުރަސް ކުރީ ވެސް ދެ މީހުން އެކުގައި އެއްފިޔަވަޅެއްގެ މަތީގައި ތިބެ ކަމާއި އެ ހަނދާންތައް ދުވަހުކު ވެސް ހަނދާނުން ނުފޮހެވޭނެ ކަމަށް އޮންރީ ބުނެފައިވެ އެވެ.

މެޗު ފެށުމުގެ ކުރިން އޮންރީ އަދި ވިއެރާ ވަނީ ބައްދަލުކޮށް ގިނަ ވާހަކަތަކެއް އެކަކު އަނެކަކާއި ހިއްސާކޮށްފަ އެވެ. ނަމަވެސް ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޮންރީ ބުނީމާ ގިނަ ވާހަކަތަކެއް ދެކެވިފާ ނުވާ ކަމަށާއި އެހެނަސް އެކަކު އަނެކަކަށް މެޗުގައި ކާމިޔާބު އެދޭވާހަކަ ބުނި ކަމަށެވެ.

މޮނާކޯ އަދި ނައިސް ބައްދަލު ކުރި މެޗުގެ ތެރެއިން

މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅެ އެއްވެސް މެޗަކުން މޮނާކޯއަށް މިހާތަނަށް މޮޅު ވެވިފައެއް ނުވެ އެވެ. މިއީ މި ކުލަބުގެ ތާރީހުގައި ވެސް މި ކަން ހިނގި ފުރަތަމަ ފަހަރުއެވެ.

"މޮނާކޯއަށް މެޗުން މޮޅުވުމުގެ ފުރުސަތު ލިބުން. ފުރަތަމަ ހާފުގައި އަހަރަމެން ޓީމުގެ އިހުމާލުން އެ ޓީމަށް ލަނޑު ޖަހަން ހުސް ފުރުސަތު ތަކެއް ލިބުން. ނަމަވެސް އެއްވަރު ވުމުން ވެސް އޮންރީއަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބޭނެ ކަން ޔަގީން." ރޭ މެޗުގައި ދިހަ ކުޅުން ތެރިންނާއި އެކު ކުޅުނު ނައިސް ގެ ކޯޗް ވިއެރާ ބުންޏެވެ.

comment ކޮމެންޓް