ހަވޮޑިގަލާ އަށް ބަޔަކު އަރައި ހަރަކާތްތަކެއް ހިންގާ މައްސަލައެއް ބަލަން އެދިއްޖެ

ގދ. ހަވޮޑިގަލާ -- އިންސްޓަގްރާން ފޮޓޯ/ ސެން_ހުސެން

ގދ. އަތޮޅުގައި އޮންނަ ހަވޮޑިގަލާ ނަމަކަށްކިޔާ ފަޅުރަށަކަށް ބަޔަކު އަރައި ހަރަކާތްތަކެއް ހިންގަމުންދާ މައްސަލައެއް ބަލައިދިނުމަށް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ފުލުހުންގެ އިދާގައި އެދެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހަވޮޑުގާލާ ފަޅުރަށަށް މީހުން އަރައި އެ ރަށުގައި ހަރަކާތްތަކެއް ހިންގާ ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދަ އަމަލެއް ބަޔަކު ކުރާނަމަ އެކަން ވަގުތުން ހުއްޓާލުމަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

އަދި އެ ރަށަކީ ރާއްޖޭގެ ފަޅުރަށް ރަށާބެހޭ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކަށް ވަރުވާއަށް އަދި ކުއްޔަށް ދީފައިވާ ރަށެއް ނޫން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް