ވިޝާމާ މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ކުއްލިގޮަތަކަށް މަރުވި 27، އައިޝަތު ވިޝާމާ --

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި 27 އަހަރުގެ އައިޝަތު ވިޝާމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި މަރުވި ވިޝާމާ (ހުޅުމާލެ، މުރަކަ 7) ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް މަރުވެފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ފުލުހުން ބުނީ އެ މައްސަލައިގައި އެކަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެއެވެ.

ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ވިޝާމާގެ މަރުގެ މައްސަލައިގެ އިތުރުން މިިދިޔަ ހޮނިހިރު ދުވަހު ހަވީރު މާލޭގައި ކުއްލި ގޮތަކަށް މަރުވި ފިރިހެން މީހާގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް