އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު ބާއްވަނީ

މިއަހަރު ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން

ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާއި ގުޅޭ ދާއިރާތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ތައުލީމީ ފެއާ، "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ޝީ ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަސަރީ ސަރވިސަސްގެ އެގްޒެކެޓިވް ކޯޕަރޭޓް ސްޓްރެޓަޖީ އައިޝަތު މުއީނާ ވިދާޅުވީ މި ފެއާ ބާއްވާނީ އަންނަ މަހުގެ 14، 15 އަދި 16 ވަނަ ދުވަހު ދަރުބާރުގޭގައި ކަމަށެވެ.

ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި މި އެކްސްޕޯ ބާއްވާއިރު މި އަހަރުގެ ފެއާގައި ޖުމްލަ އަށް ގައުމަކުން ބައިވެރިވާ ކަމަށާއި އަދި 40 އަށް ވުރެ ގިނަ އިންސްޓިޓިއުޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރު ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން

މުއީނާ ވިދާޅުވީ މި އަހަރުގެ ފެއާގައި ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ އިތުރުން ކެރިއަރ ގައިޑެންސް ދިނުން އޮންނާނެ ކަމަށެވެ. އަދި ޖުމްލަ 500 އަށް ވުރެ ގިނަ ކޯސްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާބެހޭ ގޮތުން ސެމިނާތަކެއް ކުރިއަށްދާއިރު އިމާރާތް ކުރުމުގެ ދާއިރާ އާއި ސިއްހީ ދާއިރާ އަދި މީޑިއާގައި ހުރި ފުރުސަތު ތަކުގެ މައުލޫމާތު ވެސް މި ފެއާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް