ރޭޕްކުރި ކަމުގެ ހެކި ހޯދަން މަޔޯގާގެ ވަކީލު ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ ގާތަށް!

ކްރިސްޓިއާނޯ ރޮނާލްޑޯ -- ބީބީސީ

ކެތުރީން މަޔޯގާގެ ވަކީލު ލަންޑަނަށް ގޮސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރީގެ ލޯބިވެރިއެއް ކަމަށް ބުނާ އަންހެނަކާ ބައްދަލު ކޮށްފިއެވެ.

މީގެ ދިހަ އަހަރު ކުރިން ލަސް ވެގަސްގެ ހޮޓަލެއްގައި މަޔޯގާ ނަމަކަށް ކިޔާ އަންހެނެއް ރޭޕް ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެ ވާހަކަތައް ދަނީ އަޑުގަދަ ވަމުންނެވެ. މި އަމަލު ރައްދުވާ ފަރާތަކީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރިއިން

ނަމަވެސް ރޮނާލްޑޯ މީގެ ކުރީން ވަނީ އެތައް ފަހަރެއްގެ މަތިން މި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރި ކަމަށް ބުނާ އަންހެން މީހާއާ އެކު ހިންގި ގުޅުމެއް ހިންގީ ދެމީހުން ރުހިގެންނެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕައިގަލް އިން މަޔޯގާގެ ވާހަކަތައް ރިޕޯޓު ކުރުމާއި ގުޅިގެން މި މައްސަލަ އިތުރަށް ގޯސްވެ ކޯޓުގައި މައްސަލައިގެ އަޑު އެހުންތައް ވަނީ ކުރިއަށް ދާން ފަށައިފައެވެ. މި މައްސަލަ ސާބިތު ކުރުމަށްޓަކައި ކެތުރީން މަޔޯގާގެ ވަކީލު ވެސް ދަނީ ގިނަ މަސައްކަތް ތަކެއްކުރަމުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

އެގޮތުން ރޮނާލްޑޯގެ ކުރީގެ ލޯބިވެރިއެއް ކަމަށް ދައުވާ ކުރާ އަންހެނަކާއި ބައްދަލު ކުރަން އޭނާ ލަންޑަނަށް ވެސް ވަނީ އައިސްފައެވެ. ޖޭސްމީން ލެނާޑް ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ބްރިޓިޝް މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޓީވީ ސްޓާރެކެވެ.

އެމެރިކާގެ ފުލުހުން މީގެ ދުވަސް ކޮޅެއް ކުރިން ރޮނާލްޑޯގެ ޑީއެންއޭގެ ސާމްޕަލްއެއް ދިނުމަށް ވަނީ އެދިފައެވެ. އަދި މި މައްސަލައިގައި ރޮނާލްޑޯގެ ވަކީލު ވަނީ އެކަމުގެ އެއްބާރުލުން ރޮނާލްޑޯ ދޭނެކަމަށް ބުނެފައެވެ.

އޭނާ ވަނީ ރޮނާލްޑޯއާ މަޔޯގާ ގުޅުން ހިންގީ ދެފަރާތުން ރުހިގެން ކަމަށް ރޮނާލްޑޯ މީގެ ކުރިންވެސް ބުނެފައިވާކަން ފާހަގަކޮށް، މަޔޯގާގެ ހަށިގަނޑުން ފެނުނު ޑީއެންއޭ ރޮނާލްޑޯގެ ޑީއެންއޭއާ މެޗު ވާނެ ކަމަށް ބުނެފައެވެ.

އިޓަލީގެ ޔުވެންޓަސްއަށް މިހާރު ކުޅެމުން އަންނަ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިޔެކެވެ.

comment ކޮމެންޓް