ބަޖެޓު ތާށިވެ، މަޖިލިސް އިންތިހާބަށް ހުރަސްތަކެއް!

23 ސެެޕްޓެމްބަރު 2018:ގައި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ތެރެއިން ---

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކަށީގެންވާ ބަޖެޓެއް ނުލިބުމުގެ ސަބަބުން އިންތިހާބުގެ ބައެއް ކަންކަމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ފުރަތަމަ ހިމެނި ނަމަވެސް ފަހުން އެ އަދަދަށް ވަނީ 9.2 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން 9.2 މިލިއަން ރުފިޔާ އިތުރުކުރި ކަމަށް ބަޖެޓް ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބުގެ ބައެއް ކަންކަން ކުރުމަށް ދަތިތަކާއި ކުރިމަތިވާނެ. އަޅުގަނޑުމެން މި ބަލަނީ ސަރުކާރާ މަޝްވަރާ ކޮށްގެން އިތުރު ކުރި ބަޖެޓް ލިބޭނެ ގޮތެއް ވޭތޯ." އަކްރަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް ބަޖެޓް ދިރާސާ ކުރި އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ އަދަދު އިތުރުކުރެވެން ނެތަތީ އެންމެ ކުޑަކޮށް އިތުރުކުރެވޭ ވަރަށް އިތުރުކޮށްދޭން އޭރު ބަޖެޓް ކޮމިޓީން ނިންމި އެވެ.

މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ވަނީ އެޕްރީމް ހަ ވަނަ ދުވަހު އެވެ. މިހާރު އިލެކްޝަނުން ވަނީ އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފަ އެވެ.

comment ކޮމެންޓް