އޭދަފުށީގައި ކާރެއް ކޮންޓްރޯލް ނުވެގޮސް މިސްކިތް ތެރެއަށް ވަދެއްޖެ

އޭދަފުށީގައި މިއަދު ހިނގި އެކްސިޑެންޓްގައި މިސްކިތްތެރިއަށް ކާރު ވަދެފައި --- ފޮޓޯ: އޭދަފުށި ޓައިމް

ބ. އޭދަފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެރަށު މިސްކިތް ތެރެއަށް ވަދެއްޖެއެވެ.

އޭދަފުށީ ކައުންސިލް ނައިބް ރައީސާ ހައްވާ ސަމީހާ 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު އެ ހާދިސާ ހިނގާފައިވަނީ ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މިސްކިތު ފާރުގައި ޖެހިގެން ކަމަށެވެ.

"އެކްސިޑެންޓްގައި ވަނީ މިސްކިތު ފާރުގައި ކާރު ޖެހުނު ތަން ވެއްޓި އެތެރެއަށް ކާރު ވަދެފައި،" ސަމީހާ ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް ކާރުގެ ކުރީ ކޮޅަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:45 ހާއިރު އޭދަފުށީގައި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

comment ކޮމެންޓް