ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ގާނޫނީ ވަކީލު ކަމުގެ ހުއްދަ މީހަކަށް ދެނީ --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފިއެވެ.

ޑީޖޭއޭ އިން ބުނީ އެކަމަށް އެދޭ ފަރާތަތްތަކުން ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 21 ވަަނަ ދުވަހުގެ 14:00 ގެ ކުރިން އެ ޑިޕާޓްމަންޓަށް ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ފޯމް ޑިޕާޓްމަންޓްގެ ވެބްސައިޓުންވެސް ލިބޭނެކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ދާދި ފަހުން މަޖިލީހުން ވަނީ ހަމައެކަނި ޝަރީއާ ކިޔަވައިގެން ގާނޫނީ ވަކީލުކަން ނުކުރެވޭގޮތަށް ބިލެއްވެސް ހުށަހެޅިއެވެ. އަދި އެ ފަދަ ފަރާތްތަކުން ގާނޫނީ ދާއިރާއިން އަލުން ޑިގްރީ ހާސިލްކުރަން ޖެހެއެވެ.

ނަމަވެސް ވަކީލުކަމުގެ ހުއްދަ މިހާރު އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލް ނުވާނެ ގޮތަށް ގާނޫނީ ޚިދުމަތުގެ ބިލް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް