ފިލިޕީންސްގެ ދެމަފިރިން މަރުވީ ހަނީމޫނަށް ރާއްޖެ އައިސް އުޅެނިކޮށް

އިއްޔެ މަރުވި ފިލިޕިންސްގެ ދެ ފަތުރުވެރިން ---

ފިލިޕީންސްގެ ދެމަފިރިން މަރުވީ ކައިވެންޏަށް ފަހު ހަނީ މޫނަށް ރާއްޖެ އައިސް އުޅެނިކޮށް ކަމަށް ދެމަފިރިންގެ އާއިލާއިން ބުނެފި އެވެ.

އިއްޔެ ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓު ހިންގާ ކ. މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

މަރުވެފައިވަނީ ލިއޯމަރ ލަގްރަޑިއާ އަދި އެރިކާ ޖޯއިސް ލަގްރަޑިއާއެވެ. ފިލިޕީންސްގެ ނޫހަކަސް ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އެ ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ ދުވަހު ރަށްޓެހިވެގެން އުޅުމަށް ފަހު 18 ޑިސެމްބަރު 2018 ވަނަ ދުވަހު ކަމަށެވެ. ދެމަފިރިންނަކީވެސް ނަރުހުން ކަމަށް ފިރިހެން ކުއްޖާގެ އާއިލާއިން ބުންޏެވެ.

ރާއްޖެ އައުމަކީ ދެމީހުންގެވެސް ހުވަފެނެއް ކަމަށާއި އެމީހުން ރާއްޖެ އައީ މިމަހުގެ 11 ވަނަ ދުވަހު ކަމަށްވެސް ފިރިހެންކުއްޖާހެ އާއިލާއިން ވަނީ ބުނެފަ އެވެ.

އެ ދެމަފިރިން ގައުމަށް ގެންދިއުމަށް ބޭނުންވާތީ އާއިލާއިން ދަނީ ގައުމަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ދެ ހަށިގަނޑު ގައުމަށް ގެންދިއުމަށް 187،859 ދިވެހި ރުފިޔާ އަރާ ކަމަށް ދެމަފިރިންގެ އާއިލާއިން ބުނެއެވެ.

ފުލުހުން ބުނީ އެ ދެމީހުންގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ދެމަފިރިންގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

comment ކޮމެންޓް