އިޓަލީގެ ކުރީގެ ކޮމިއުނިސްޓް ހަނގުރާމަވެރިއެއް ބޮލީވިއާއިން އަތުލައިގެންފި

އިޓަލީގެ ކުރީގެ ކޮމިއުނިސްޓް "ހަނގުރާމަވެރިޔާ" ސިޒޭރީ--

އިޓަލީގެ ކުރީގެ ކޮމިޔުނިސްޓް ހަނގުރާމަވެރިއެއް ކަމަށްވާ ސިޒާރޭ ބަޓިސްޓީ ބޮލީވިއާއިން އަތުލައިގެންފި އެވެ.

ސިޒާރޭ އަކީ 70ގެ އަހަރުތަކުގައި މީހުން މެރިކަމުގެ ކުށުގައި އިޓަލީން ހޯދަމުންދާ މީހެކެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އިޓަލީގެ ދެ އޮފިޝަލަކު މަރާލި ކަމުގެ ދައުވާ އެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރެ އެވެ.

ސިޒާރޭ ކުރިން ފްރާންސް އަދި މެކްސިކޯގައި ވެސް އުޅުނެވެ. ނަމަވެސް ފަހުން އެ ގައުމުތަކުން އޭނާ އިޓަލީ ސަރުކާރާ ހަވާލުކޮށްފާނެ ކަމުގެ ބިރަށް އޭނާ ދިޔައީ ބްރެޒިލްއަށެވެ. ބްރެޒިލްގައި އޭނާ ފަހަކާ ޖެހެންދެން އުޅުނީ ސިޔާސީ ހިމާޔަތް ހޯދައިގެންނެވެ. އަދި ބްރެޒިލްގައި އޭނާ ވަނީ ކައިވެނިކޮށް ވަރަށް ފަހުން ކުއްޖަކު ވެސް ލިބިފަ އެވެ.

ސިޒާރޭއަކީ ވާހަކަ ލިޔުންތެރިއެއް ވެސް މެއެވެ.

ނަމަވެސް ބްރެޒިލްގެ ވެރިކަމަށް ދާދި ފަހުން ޖައިރު ބޮލްސޮނާރޯ އިންތިހާބުވުމުން، އިޓަލީ ސަރުކާރާ ހަވާލުކޮށްފާނެ ކަމުގެ ބިރަށް އޭނާ ވަނީ ބޮލީވިއާއަށް ގޮސްފަ އެވެ.

ބޮލީވިއާ އިން އޭނާ އަތުލައިގަތީ ފޭކް ތުނބުޅިއެއް ޖަހައިގެން އުޅެނިކޮށެވެެ.

ބްރެޒިލްގެ ރައީސް ވިދާޅުވީ މީގެ ކުރިން އެގައުމުން ބޮޑެތި ޓެރަރިސްޓުންނަށް ހިމާޔަތްދިން ނަމަވެސް ދެން އެގައުމުން އެފަދަ މީހުންނަށް ޖާގައެއް ނޯންނާނެ ކަމަށެވެ.

ބޮލީވިއާ ސަރުކާރުން ސިޒާރޭ ބްރެޒިލް ސަރުކާރާ ހަވާލުކުރުން އޭނާ ވަނީ ފަހުން އިޓަލީއަށް ފޮނުވާލައިފަ އެވެ. ބެލެވޭ ގޮތުގައި އޭނާއަށް އުމުރު ދުވަހު ޖަލުގެ ހުކުމް އަންނާނެއެވެ.

ބީބީސީ

comment ކޮމެންޓް