"ހޮލީ ޤުރުއާން"ގެ އާ ކެމްޕަސްއެއް ފުވައްމުލަކުގައި ހުޅުވައިފި

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ އާ ކެމްޕަސް ހުޅުވުމުގެ ތެރެއިން

ދިރާސީ އައު އަހަރާ އެކު އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާނުގެ ފަރާތުން އެ އިންސްޓިޓިއުޓްގެ ހަތަރު ވަނަ ކެމްޕަސް ފުވައްމުލަކު ސިޓީގައި މިއަދު ހުޅުވައިފި އެވެ.

ސަތޭކަ ދަރިވަރުންނާ އެކު ހުޅުވި ކެމްޕަހަކީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާ އެކު ހިމެނޭ ފަސް ކްލާސްރޫމާ އެކު ހުޅުވި ކެމްޕަހެެއް ކަމަށް އެ އިންސްޓިޓިއުޓުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ކެމްޕަސް ހުޅުއްވައި ދެއްވީ އެ ގްރޫޕްގެ ޗެއާމަން ޢަބްދުﷲ ޝާކިރު މުޙައްމަދާއި އޭނާގެ އަނބިކަބަލުން އަފީފާ މުޙައްމަދު ދީދީ އެވެ.

އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާންގެ އާ ކެމްޕަސް ހުޅުވުމުގެ ތެރެއިން

އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާން އަކީ 2012 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ޤުރުއާނުގެ ޢިލްމު އުނގައްނައިދިނުމުގެ މަގުސަދުގައި އުފެއްދިފައިވާ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓްގެ ފަރާތުން މާލޭގައި ދެ ކެމްޕަސް އަދި ހުޅުމާލޭގައި ކެމްޕަސްއެއްގެ ޚިދުމަތް މިހާރު ވެސް ދަނީ ދެމުންނެވެ.

comment ކޮމެންޓް