މާލޭ ގެއެއްގެ ތެރޭގައި 27 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، 27 އަހަރުގެ ފިރިހެނެއް މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ރަންމާގުލްޝަން ގެއިން ކަމަށެވެ.
ހަވީރު 4:30 ގައި ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާއިރު އެ ގެއަށް ފުލުހުން ދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު 'ސަން' އަށް ބުނީ އެ މީހާ މަރުވެފައި އޮތީ އެ ގޭގެ ތިން ވަނަ ފަންގިފިލާގައި ކަމަށާއި ބެލެވޭ ގޮތުގައި މަރުވިތާ ވެސް ވަރަށް ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ.
ފުލުހުން މިހާރު ވަނީ އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ރޭ ވަނީ ހުޅުމާލޭގައި ވެސް ކުއްލި ގޮތަކަށް ޒުވާން އަންހެނަކު މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.