ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މަރުވީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައިވާ ކަމަށެވެ.

ފުލުހުން ތަހުގީގުކުރަމުން އަންނަނީ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ މަރުވި މައްސަލައެވެ.

އޮފިޝަލު ވިދާޅުވީ، އެ އަންހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ރޭ 9:30 ހާއިރު ކަމަށެވެ. އަދި އޭނާ ގެންދިޔަ އިރު ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

"މައްސަލަ ތަހުގީގު ކުރަމުން ދަނީ. އަޅުގަނޑުމެން ފަހުން އިތުރު މައުލޫމާތު ހާމަ ކުރާނަން،" އޮފިޝަލު ވިދާޅުވި އެވެ.