ލަފްޒު ދިމާކޮށްގެން އުރީދޫ އިން އަގުހުރި އިނާމުތަކެއް!

މަގުބޫލު ގޭމް "ހޭންގް މޭން"އަށް ބިނާކޮށް، އެސްއެމްއެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ މުބާރާތެއް އުރީދޫއިން މިއަދު ފަށައިފި އެވެ.

"ގެސް ދަ ވޯޑް"ގެ ނަމުގައި ކުރިއަށްދާ މި މުބާރާތާ ބެހޭ ގޮތުން އުރީދޫއިން ބުނީ، ގޭމުގެ އަމާޒަކަށް ވާނީ ތަފާތުއެކި ލަފްޒުތައް ދިމާކުރުން ކަމަށެވެ.

ޖުމްލަ ފަސް ލެވެލަކަށް ބެހިފައިވާ މި ގޭމުން ލެވެލް މަތިވާ ވަރަކަށް ލަފްޒުތައް އުނދަގޫވާނެ ކަމަށާއި ބަސް ދިމާކުރުމުން ޕޮއިންޓް ލިބޭ އިރު، ލެވެލް މަތިވާ ވަރަކަށް ޕޮއިންޓުވެސް އިތުރުވާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އޭޕްރިލް 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، “GO” ޖެހުމަށްފަހު 4646 އަށް އެސްއެމްއެސްއެއް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

ގެސް ދަ ވޯޑް މުބާރާތުގައި ކޮންމެ ދުވަހެއްގައި ވެސް އެ ދުވަހުގެ ޓޮޕް ސްކޯރާއަށް 1.25 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ. ކޮންމެ 15 ދުވަހެއްގެ ޓޮޕް ސްކޯރާއަށް އައިފޯން 10އެއް ލިބޭނެ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން ތިންވަނައަށްދާ ފަރާތަކަށް އެޕަލް ވޮޗްއެއް ލިބޭނެ އެވެ. ދެވަނައަށްދާ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 9އެއް ލިބޭ އިރު، އެއްވަނައަށް ދާ ފަރާތަކަށް ލިބޭނީ މެކްބުކް އެއާއެކެވެ.

comment ކޮމެންޓް