ޓެނިސް ކުޅުންތެރިޔާ އެންޑީ މަރީ ކުޅުން ހުއްޓާލުމާ ގާތަށް

އެންޑީ މަރޭގެ އަސަުގަދަ އިންޓަވިއުގެ ތެރެއިން

ތިން ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް ހޯދާފައިވާ 31 އަހަރުގެ އިނގިރޭސި ޓެނިސް ކުޅުންތެރިޔާ އެންޑީ މަރީ، އޭނާގެ އުކުޅުވަޅަށް ލިބުނު ގެއްލުމުން ސަލާމަތް ނުވެވި ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އޭނާ ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ހާލަތު ކިޔާދެމުން ވަނީ ކަރުނަވެސް އަޅާފައެވެ.

"އަހަރެންގެ މި އަނިޔާއަށް އިތުރު ހަތަރު ފަސް މަސް ކުޅެވޭނެކަމުގެ އުންމީދެއް މިވަގުތު އަހަރެން ގަޔަކު ނެތް." މަރީ އޭނާގެ ހާލަތު ކިޔައިދެމުން ބުންޏެވެ.

"އަހަރެން ބޭނުން ވަނީ މިފަހަރުގެ ވެމްބަލްޑަނަށްފަހު ކުޅުން ހުއްޓާލަން. ނަމަވެސް އެހާ ހިސާބަށްވެސް ކުޅެވޭނެ ކަމާމެދު ވަރަށް ޝައްކު." އޭނާގެ ވާހަކަ އިތުރު ކުރަމުން ބުންޏެވެ.

އެންޑީ މަރޭގެ ޓެނިސް މެޗެއްގެ ތެރެއިން

އެހެން ނަމަވެސް އަންނަ ހަފްތާ އޮސްޓްރޭލިއަން އޯޕެން ގ ފުރަތަމަ ބުރުގައި ސްޕެއިންގެ ރޮބާޓޯ ބަޓިސްޓާއާއި ވާދަކުރާ މެޗު ކުޅޭނެ ކަމަށް މަރީ ވަނީ ބުނެފަވެ.

ދުނިޔޭގެ ޗެމްޕިއަންކަންވެސް މީގެ ކުރިން ހޯދި މަރީ ވަނީ ވޭތުވެ ދިޔަ އަހަރުގެ ޖަނަވަރީ މަހު އުކުޅުވަޅުގެ ސާރޖަރީއެއް ކޮށްފައެވެ. އޭގެ ހަ މަސް ފަހުން އެނބުރި ކުޅުމާއި ގުޅުން ފަހުން ވަނީ 14 މެޗު ކުޅެފައެވެ. އޭނަގެ 2018 ވަނަ ސީޒަންގެ ބޮޑުބައެއް ބާކީ އޮއްވާ ސެޕްޓެމްބަރު މަހު ވަނީ އެ އަހަރުގެ ކުޅުން ހުއްޓާލާފައެވެ. އެއީ އޭނާގެ އަނިޔާވެފައިވާ އުކުޅުވަޅަށް އިތުރު ފަރުވާ ހޯދުމުގެ ގޮތުންނެވެ.

މަރީގެ އިންސްޓަގުރާމުގައި އާންމު ކޮށްފައިވާ ޕޯސްޓެއް

ގިނަ ފަރުވާތަކެއް ކުރި ނަމަވެސް އެކަމަށް މުޅިޔަކުން ހައްލެއް ލިބިފައެތް ނުވެއެވެ. "މިހާރު މީގެ 6 މަސް ދުވަސް ކުރިން ހުރި ހާލަތެއް ވުރެން ރަނގަޅު. އަދިވެސް ވަކި ލެވެލްއެއްގަ ހިފޭއްޓޭނެ. ނަމަވެސް އަހަރެން އިހުގައި ކުޅުން ވަރާއި ގާތަށްވެސް ދެން ނުކުޅެވޭނެ." މަރީ ވާހަކަ ދައްކަމުން ބުންޏެވެ.

މަރީގެ މި އަނިޔާއަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ދެ އަހަރު ވަނީއެވެ.

comment ކޮމެންޓް