ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހި މީހަކަށް އަނިޔާ ވެއްޖެ

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހިފައި ----

އިންޑަސްޓްރިއަލް ޒޯނުގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 6:00 އެހައިކަންހާއިރު ކަމަށާއި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނަކަށް ކަމަށެވެ.

"އަނިޔާވި ޒުވާނާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި. ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބޭ،" އޮފިޝަލު ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ސައިކަލަކުން ޖެހިފައި ----

އެ އެކްސިޑެންޓް ހިނގާފައި ވަނީ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑް ކައިރީގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގެ ކުރީ ކޮޅުގައި ސައިކަލަކުން ޖެހި އެވެ. އަދި އެ ސައިކަލުގެ ކުރީ ކޮޅު ކަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ޓެކްސީގެ ކުރީ ކޮޅަށް ވެސް ވަނީ ގެއްލުން ތަކެއް ލިބިފައެވެ.

މާލޭގެ ހުޅަނގު ފަރާތު އިންޑަސްޓްރިއަލް ސަރަހައްދުގެ ބޮޑުތަކުރުފާނު މަގާ ޖެހިގެން އިންނަ މަގަކީ ރޭސް ޖަހާ ޒުވާނުން އާންމު ގޮތެއްގައި 'ސްޓަންޓް' ހެދުމަށް ބޭނުން ކުރާ ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ ދުއްވާލަން ނިކުންނަ އާންމުންގެ އިތުރުން ވެހިކަލް ދުއްވަން ދަސްކުރާ މީހުން ވެސް ބޭނުން ކުރަމުން އަންނަ ސަރަހައްދެކެވެ.

comment ކޮމެންޓް