އެއްލައިދޫގައި ވަޅި ޖެހި މީހާ ހައްޔަރުކޮށްފި

އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓު ހިންގާ އއ. އެއްލައިދޫ ---

އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން ރިސޯޓު ހިންގާ އއ. އެއްލައިދޫގައި ރޭ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ރޭ އެއްލައިދޫ ރިސޯޓުގައި މާރާމާރީ ހިނގީ އެ ރިސޯޓުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އައިސް ތިބި ދެ ސްރީލަންކާ ރައްޔިތުންގެ ދެމެދުގައެވެ. އެ މާރާމާރީގައި މަރުވީ 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރޭ ހައްޔަރުކުރީ ވަޅި ޖެހި މީހާއެވެ. އެއީ 39 އަހަރުގެ މީހެކެވެ.

އަދި ހާދިސާގައި މަރުވި މީހާގެ ހަށިގަނޑު ރޭ މާލެ ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހާދިސާ ހިނގައިދިޔައީ ދެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ރޭގެ ހާދިސާއާ ގުޅިގެން، އެއްލައިދޫ ރިސޯޓުގައި ހުރި މީހަކު "ސަން"އަށް ބުނީ މާރާމާރީ ހިނގަން މެދުވެރިވީ ދެމީހުންގެ މެދުގައި ޖެހުނު މައްސަލައެއް ހޫނުވެގެން ކަމަށެވެ.

އެ ރިސޯޓްގައި ހުންނަ މެޑިކަލްއަށް ވަޅި ހެރި މީހާ ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް