އެއްލައިދޫ ރިސޯޓްގައި މީހެއްގެ މެޔަށް ވަޅި ޖަހައި މަރާލައިފި

އެއްލައިދޫ ރިސޯޓް --

އދ. އެއްލައިދޫ ރިސޯޓްގައި މިރޭ ހިންގި މާރާމާރީއެއްގައި މީހެއްގެ މެޔަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ.

އެ ރިސޯޓްގައި ހުރި މީހަކު 'ސަން' އަށް ބުނީ މާރާމާރީ ހިންގާފައި ވަނީ އެ ރިސޯޓްގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރުމަށް އައިސް ތިބި ސްރީ ލަންކާ ދެމީހެއްގެ ދެމެދުގައި ކަމަށެވެ.

"ލަންކާ ދެ މީހެއްގެ ދެމެދުގައި ޖެހުނު މައްސަލައެއް ހޫނު ވެގެން ގޮސް އެކަކު، އަނެކަކުގެ މެޔަށް ވަޅި ހަރައި މަރާލާފައި ވަނީ. އެ ދެ މީހުންނަކީ ވެސް ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއްގެ ދެ މީހުން،" އޭނާ ބުންޏެވެ.

އެތަނުން ވަޅި ގެންގުޅުނީ އެކެކެވެ. އަދި ވަޅިން ހަމަލާދިނީ ވެސް އޭނާ އެވެ. އޭނާ އަށް އަނިޔާއެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެ ރިސޯޓްހައި ހުންނަ މެޑިކަލްއަށް ވަޅި ހެރި މީހާ ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ. އަދި ހަށިގަނޑު މިހާރު އދ. މަހިބަދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް ވަނީ އެނގިފަ އެވެ.

އދ. ރިސޯޓެއްގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި އެ މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

comment ކޮމެންޓް