ނޫރު މިސްކިތުގެ ގޯތި ތެރޭ ހުރި ގަހެއް ވެއްޓި ދެ ސިއިކަލަކަށް ގެއްލުންތަކެއް

ނޫރު މިސްކިތުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓި ދެ ސައިކަލަކަށް އެކިވަރުގެ ގެއްލުންތަކެއް ވަނި ލިބިފައި --- ސަން ފޮޓޯ/ މުއާވިޔަތު އަންވަރު

ހެންވޭރު ނޫރު މިސްކިތުގެ ގޯތި ތެރޭގައި ހުރި ގަހެއް ވެއްޓި އެ ސަރަހައްދުގައި ހުރި ދެ ސައިކަލަކަށް އެކިވަރުގެ ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ އިޝާ ނަމާދަށް ވަން އިރު ގަސް ނުވެއްޓޭ ކަމަށާއި ނަމަވެސް ނަމާދުކޮށް ނިމިގެން ނިކުތްއިރު ގަސް އޮތީ ވެއްޓިފައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގަސް ވެއްޓިގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 19:19 ގައި ކަމަށާއި ގަސް ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ދެ ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގަސް ވެއްޓުމުގެ ސަބަބުން ދެ ސިއިކަލުގެ ކަވަރުތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެެވެ.

ވެއްޓުނު ގަސް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް