މަނަދޫގައި "ނިވައިރޯޅި" ޕްރިމިއާކުރުން ފަސްކޮށްފި

"ނިވައިރޯޅި"ގެ މަންޒަރެއް...

ދިވެހި ފިލްމު އިންޑަސްޓްރީގައި 21 އަހަރު ވަންދެން މަސައްކަތް ކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހައްމަދު ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމު "ނިވައިރޯޅި" ނ މަނަދޫގައި ޕްރިމިއާކުރުން ފަސްކޮށްފިއެވެ.

މި ފިލްމު ދެން އެރަށުގައި ޕްރިމިއާކުރާނީ މި މަހު 17ގައެވެ.

ފިލްމު އަޅުވާ ތާރީހު ފަސްކޮށްލީ ބޮޑު ޕްރިމިއާއެއް ބޭއްވުމަށް ކަމަށް "ނިވައިރޯޅި"ގެ ޓީމުން ބުންޏެވެ.

"އިތުރު ކާސްޓުން ވެސް ގެނެސް ޕްރިމިއާ ބޮޑުކޮށްލަން ވިސްނަނީ،"

މަނަދޫ ވިލަރޭ ކުލަބުގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ކޮމްބަސް ފިހާރައިން ލިބެން ހުންނާނެއެވެ.

ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

comment ކޮމެންޓް