ފްރާންސްގެ ޗެންޕިއަން ޕީއެސްޖީ ކަޓުވާލުމަށްފަހު ގުއިންގެންޕް ސެމީއަށް

ޕީއެސްޖީ އަދި ގުއިންގޭމްޕް ބައްދަލު ކުރި މެޗުގެ ތެރެއިން..

ރޭ ފްރާންސް ލީގު ކަޕުގައި ޕީއެސްޖީއާއި ގުއިންގެމްޕް ބައްދަލު ކުރި މެޗުގެ އިތުރުު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ގުއިންގެމްޕު ސެމީ ފައިނަލަށް ދަތުރު ކޮށްފި.

ވޭތުވެ ދިޔަ ފަސް އަހަރުވެސް މި މުބާރަތް ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ މުބާރާތުން ކަޓާފައިވަނީ 1-2 ގެ ނަތީޖާ އަކުން ބަލިވުމުން އެވެ.

ޕީއެސްޖީ އަދި ގުއިންގެމްޕް ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗު ފެށިގެން ގޭމް ކޯންޓްރޯލް ކޮށް މޮޅަށް ކުޅެމުން އައީ ޕީއެސްޖީއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔާއީ ދެ ޓީމުން ކުރެ އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންއެވެ. ދެވަަނަ ހާފު ފަށައިގެން 63 ވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިގޯލު ކާމިޔާބު އެޓީމަށް ޖަހައިދީފައި ވަނީ ބްރެޒިލް ގެ ކެޕްޓަން ކަން ކުރަމުން އަންނަ ނޭމާ ޖޫނީއާރ އެވެ. ނަމަވެސް ގުއިންގެމްޕް ކުޅުން ރަނގަޅު ކޮށް މެޗުގެ 81 ވަނަ މިނަޓުގައި ވަނީ ލިބުނު ޕެނަލްޓީ އަކުން ގޯލް އެއް ޖަހާ މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތެ ހަމަވެ އިތުުރު ވަގުތުގެ ދެވަނަ މިނަޓުގައި ލިބުނު އިތުރު ޕެނަލްޓީއެއް ކާމިޔާބުކޮށް ގުއިންގެމްޕް އިން ވަނީ މެޗުގެ ނަތީޖާ ބަދަލު ކޮށްލާފައެވެ. މިގޯލު ކާމިޔާބު އެ ޓީމަށް ޖަހައިދިނީ ފްރާންސްގެ ލެޖެންޑެއް ކަމަށްވާ ލިލިއަން ތުރަމްގެ ދަރި މާކަސް ތުރަމް އެވެ.

ފްރާންސް ލީގުގެ އެއް ވަނައިގަ ބޮޑު ލީޑެއް މިހާރުވެސް ނަގާފައިވާ ޕީއެސްޖީ އިން ލީގު ކަޕުގަ 2012 އަހަރުން ފެށިގެން މޮޅުވަމުން އައި ސިލްސިލާ އަށް ނިމުމެއް ގެނައި ގުއިންގެމްޕް މި ވަގުތު އޮތީ ފުރާންސް ލީގު ތާވަލުގެ ފުލުގައެވެ. މި މޮޅާއިއެކު އެ ގުުއިންގެމްޕް ވަނީ ކޫޕް ޑެ ލަ ލީގުގެ ސެމީއަށް ދަތުރުކޮށްފައެވެ. މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ މަޗު އެއްވަރުވެ ޕެނެލްޓީ ޖަހައިގެން ރެނެސް މައްޗަށް ކުރި ހޯދީ ތީއެރީ އޮންރީގެ މޮނާކޯއެވެ.

comment ކޮމެންޓް