އައިސް ޓީވީވެސް ދިރާގު ޓީވީން މިހާރު ބަލާލެވޭނެ!

އައިސް ޓީވީ މިހަރު ދިރާގު ޓީވީން ބެލޭނެ

ރާއްޖޭގައި އެންމެ ފުޅާކޮށް ގެނެސްދެމެން ގެންދާ ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފްކުށްފިއެވެ.

އައިސް ޓީވީ އަކީ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަށް ގެނެސްދޭ ދިވެހިންގެ މެދުގައި މަޝޫރު ދިވެހި ޗެނަލެކެވެ.

އައިސް ޓީވީއިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރަމްތަކާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗްތަކުގެ އިތުރުން މަޝްހޫރު ފިލްމީތަރި ޢައްޒަ ހުށަހަޅައިދޭ ޓޯކްޝޯޗ "އަޒޯނާ"ހިމެނެއެވެ.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ދިރާގުގެ ޓީވީ ޚިދުމަތުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ އޮފަރގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބެލެއެވެ. ދިރާގު ޓީވީގައި ދިވެހި ހުރިހާ ޗެނަލްތަކެއްގެ އިތުރުން ބޭރުގެ މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެއެވެ. ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލްތަކުން ފެށިގެން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް އަދި ކުޑަކުދިންނަށް ޚާއްސަ ޗެނަލްތައް ދިރާގު ޓީވީގައި ހިމެނޭނެއެވެ.

އެ ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ކަލަރސް، ސޮނީ، ޓެން ސްޕޯޓްސް އަދި ޑިޒްނީގެ ޗެނަލްތައް ހިމެނެއެވެ. މީގެ އިތުރުން 4ކޭ ކޮލިޓީގެ ޗެނަލްތަށްވެސް ހިމެނެއެވެ.

ދިރާގުގެ އިންޓްރޯޑަކްޓަރީ އޮފަރ އަގަކީ ޖީ.އެސް.ޓީ ނުލާ 300 ރުފިޔާއެވެ އަދި ކޮންމެ ކަނެކްޝަނަކާއި އެކު ހިލޭ ޖޯއިބޮސް ލިބިގެނެދާނެއެވެ. ޖޯއި ބޮކްސްގެ ޒަރީއާއިން ގޭގައި ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަރނެޓް އެލަވަންސްގެ އަސަރެއް ނުކުރާނެއެވެ. މީގެ އިތުރުން ދިރާގުޓީވީގެ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެތަނެއްގައި ކޮންމެ ވަގުތެއްގައި ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓްފޯން ބޭނުންކޮށްގެން ޓީވީ ބެލޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް