ފްރާންސްގެ ފައިޓާ ޖެޓެއް ވެއްޓި، ދެ މީހަކު ގެއްލިއްޖެ

ފްރާންސުގެ ފައިޓާ ޖެޓެއް އިއްޔެ ވެއްޓި، ދެ މީހަކު ވަނީ ގެއްލިފައި -- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖެނުއަރީ 10): ފްރާންސުގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ފައިޓާ ޖެޓުގެ ދެ ކުރޫ މެމްބަރުން ގެއްލި، އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފްރާންސްގެ އެއާފޯސް އިން ވަނީ މިރާޖް 2000ޑީ މިހާރު ފެނިފައިވާ ކަމަށާއި ނަމަވެސް އޭގައި ތިބި ޕައިލެޓާއި ނެވިގޭޓަރު ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑުމުން އުއްމީދު ކުރަނީ އެމީހުން ދިރިތިއްބާ ފެންނާނެ ކަމަށް. މިހާރު އެމީހުން ގެއްލިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި،" އެއާފޯސްގެ ތަރުޖަމާނު ބުންޏެވެ.

އިއްޔެ އެޖެޓު ވެއްޓުނީ ޓްރެއިނިންއަކަށް އެއާބޭސްއިން ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް ރާޑަރުން ގެއްލުނު ފަހުންނެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ވެއްޓުނު ޖެޓު ކައިރިން ވަނީ ޕެރެޝޫޓެއް ފެނިފަ އެވެ. ނަމަވެސް އެއީ ޕައިލެޓަކު ބޭނުން ކުރި ޕެރެޝޫޓެއް ކަމެއް ނުވަތަ ޖެޓުގެ ޕެރެޝޫޓު ކަމެއް އަދި ބުނަން ނޭނގޭ ކަމަށް އެއާފޯސްއިން ބުންޏެވެ.

comment ކޮމެންޓް