"ނިވައިރޯޅި" ހުޅުމާލެ ޝްވެކަށް، މަނަދޫގައި ވެސް ފިލްމު އަޅުވާނެ!

"ނިވައިރޯޅި"ގެ މަންޒަރެއް...

މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު ސްކްރީނުން ގެއްލޭ ފިލްމު، ނިވައިރޯޅި ހުޅުމާލެ ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ނިންމައިފިއެވެ.

"ނިވައިރޯޅި" ހުޅުމާލެ ޝްވެކްގައި މާދަމާ ރެއިން ފެށިގެން ތިން ރެއަކު ހުޅުމާލޭ ޝްވެކްގައި އަޅުވާނެއެވެ. ފިލްމުގެ ޓިކެޓް ޝްވެކް ސިނަމާއިން މިހާރު ގަންނަން ލިބޭނެއެވެ.

ފިލްމުގެ ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ.

ހުޅުމާލޭ ޝްވެކްގައި ފިލްމު އަޅުވަން ނިންމާފައިވާއިރު "ނިވައިރޯޅި" ނ. އަތޮޅު މަނަދޫގައި ވެސް ވަނީ އަޅުވަން ނިންމާފައެވެ. މަނަދޫ ވިލަރޭ ކުލަބުގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ކޮމްބަސް ފިހާރައިން ލިބެން ހުންނާނެއެވެ.

ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.

ނިވައިރޯޅި ނ މަނަދޫގައި ޕްރިމިއަކުރުމަށް ވަނީ ނިންމާފައި--

ނިވައިރޯޅި އިން ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.

comment ކޮމެންޓް