ވަޒީފާއާބެހޭ ޓްރިބިއުނަލަށް ދެ މެމްބަރަކު އައްޔަން ކުރައްވައިފި

ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް، ރައީސް ސޯލިހު މިއަދު އައްޔަން ކުރެއްވި ދެ ބޭފުޅުން --- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ މެމްބަރު ކަމަށް މިއަދު ދެ މެމްބަރަކު އައްޔަން ކުރައްވައިފި އެވެ.

ވަޒީފާއާބެހޭ ޓްރިބިއުނަލްއަށް ރައީސް އައްޔަން ކުރެއްވި ދެ މެމްބަރުންނަކީ މއ. އާފިއަ، މުހައްމަދު ޒާހިރު އަދި ހ. އެލިއަތުވިލާ، މަރްޔަމް ޝަމްއާ އިބްރާހިމް އެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާ ލާދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.

މުހައްމަދު ޒާހިރަކީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަރްޔަމް ޝަމްއާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޝަމްއާ އަކީ 2014 ވަނަ އަހަރު ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ މެމްބަރުކަން ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް