ތާވަލްގެ އެއްވަނައިގައި ބާސާއިން ލީޑު ފުޅާކޮށްފި

ބާސާ އާއި ގެފަޓޭ ބައްދަލުކުރި މެޗުގެ ތެރެއިން--

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުގެ ސަބަބުން ބާސެލޯނާއިން ލީގު ތާވަލްގެ އެއްވަނައިގައި ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.

ގެޓަފޭ އަތުން 2-1 އިން މޮޅުވެ ބާސެލޯނާ، އެއް ވަނައިގައި އޮތީ 40 ޕޮއިންޓާއެކުގައެވެ. ރޭ ސެވިއްޔާއާ 1-1 އިން އެއްވަރުވި އެތުލެޓިކޯ މެޑްރިޑް ތާވަލްގެ ދެ ވަނައިގައި އޮތީ 35 ޕޮއިންޓާއެކީއެވެ.

ރަށުން ބޭރުގައި ބާސާ ކުޅުނު މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެ ޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އަދި ލުއިސް ސުއަރޭޒްއެވެ.

ސެވިއްޔާ 33 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ކުރިން ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ތާވަލްގެ ފަސް ވަނައަށް ވެއްޓިފައެވެ. 31 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި މިހާރު އޮތީ އަލަވޭސްއެވެ.

comment ކޮމެންޓް