"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ": ނަކްޝްގެ ރޯލަށް ޝެހެޒާދް!

"ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ": ނަކްޝްގެ ރޯލަށް ޝެހެޒާދް ވަނީ ހަމަޖައްސާފައި---

މީގެ 10 އަހަރު ކުރިން ސްޓާޕްލަސްއިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލޭތާހޭ"ގެ ނަކްޝްގެ ރޯލަށް ތަރި ޝެހެޒާދް ޝެއިހް ހަމަޖައްސައިފިއެވެ.

ހަބަރުތައް ބުނާގޮތުގައި ނަކްޝްގެ ރޯލުން ފެނިގެންދިޔަ ރިޝީ ދޭވް އެ ޑްރާމާ ދޫކޮށްލީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ހިންގުމަށްޓަކައެވެ.

ކަލާޒްއިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ބޭޕަނާ"ގައި ހަރަކާތްތެރިވި ޝެހެޒާދަށް މި ފުރުސަތު ލިބުމުން އޭނާ ބުނީ އޭނާއަށް ކުޅެން ލިބިފައިވާ ކަރެކްޓާއާ މެދު ވަރަށް ބޮޑަށް ސަމާލުކަންދޭނެ ކަމަށާއި އެ ޓީމާއެކު މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

"ވަރަށް އުފާވެފައި މިހުރީ. މި ޑްރާމާ އަކީ އަހަރެން ފޮލޯއަޕްކުރާ ޑްރާމާއެއް. ފޭނުންނަށް ކަމުދާނެ ގޮތަށް އަހަރެން ކެރެކްޓާ ބިލްޑް ކުރާނީ. ފޭނުން އަހަރެން ބަލައިގަންނާނެ،"

އެ ޑްރާމާ ސީރީޒްގެ ޖުމްލަ 2816 އެޕިސޯޑް ވަނީ މިހާތަނަށް ދައްކާފައެވެ.

comment ކޮމެންޓް