މާލޭގައި "ކަނޑު އިބިލީސް" ޕްރިމިއާކުރާނީ އަންނަ މަހު އެކެއްގައި!

ކަނޑު އިބިލީސްގެ ޕޯސްޓަރެއް---

ކުޑަކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" މާލޭގައި އަންނަ މަހު އެކެއްގައި ޕްރިމިއާ ކުރުމަށް ނިންމައިފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) "ސަން"އަށް މައުލޫމާތު ދެމުން ބުނީ ފިލްމުގެ ޓިކެޓް މި މަހު 15 ވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

އެ ފިލްމު ރެޑް ކާޕެޓް ހަފްލާއެއްގައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގަ ޕްރިމިއާކޮށްފައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. އަދި "ކަނޑު އިބިލީސް"ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.

"ކަނޑު އިބިލީސް" އަކީ ޒިޔާއާއި މަޝްހޫރު ކޮޕީ އިއްސެގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.

އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް