"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އެނބުރި ސްޓާޕްލަސް އަށް!

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން"ގެ މަންޒަރެއް---

ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު ހިންދީ ޑްރާމާ ސިލްސިލާ ""އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން"ގެ ފުރަތަމަ ސީޒަން އަލުން ސްޓާޕްލަސްއިން ދައްކަން ނިންމައިފިއެވެ.

ސްޓާޕްލަސްއިން ބުނީ އެ ސިލްސިލާ އަލުން ދައްކަން ނިންމީ އެ ޑްރާމާއަށް ލިބުނު ތަރުހީބަށް ބަލާފައިކަމަށެވެ. އަންނަ ހޯމަ ދުވަހު ޑްރާމާ ދައްކަން ފަށާއިރު އެ ޑްރާމާ ދައްކާނީ އިންޑިއާ ގަޑިން 16:00ގައެވެ.

ބަރުން ސޮބްޓީ އަދި ސަނާޔާ އިރާނީ އަދި ހުޝީ ލީޑު ރޯލުން ފެނިގެންދިޔަ އެ ސިލްސިލާގެ ދެވަނަ އަދި ތިންވަނަ ބައެއްވެސް ސްޓާޕްލަސްއިން ވަނީ ގެނެސްދީފައެވެ.

comment ކޮމެންޓް