"ގޮށްރާޅު"ގެ ޓިކެޓް ވިއްކަން ފަށައިފި

"ގޮށްރާޅު"ގެ ޕޯސްޓަރެއް....

ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "ގޮށްރާޅު"ގެ ޓިކެޓް ވިއްކުން ފަށައިފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، ފިލްމުގެ ޓިކެޓް ވިއްކަން އިއްޔެ ފަށާފައިވާ ކަމަށާއި ޓިކެޓް ވިއްކުން ކުރިއަށްދާނީ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް ކަމަށެވެ. ޓކެޓް ގަންނަން ލިބޭނީ އޮލިމްޕަސް ސިނަމާއިންނެވެ.

ގޮށްރާޅު"ގެ ޓިކެޓްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ. ނަމަވެސް އެ ފިލްމުގެ ޕްރިމިއަރ ނައިޓްގެ ޓިކެޓެއް ވިއްކަނީ 150 ރުފިޔާއަށެވެ.

މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއެއްގައި މޮގާ ބުނީ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު ޓިކެޓް ގަތުން ކަމަށެެވެ.

މާލޭގެ އިތުރުން އެ ފިލްމު ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ރަށްރަށުގައި "ގޮށްރާޅު" އަޅުވަން ބޭނުންނަމަ 9911229 ނަމްބަރަށް ގުޅައިގެން ނުވަތަ ޑާކްރެއިންގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ހަމަޖެއްސިދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރީންގެ ގޮތުގައި ފެނިގެން ދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފް ވާ ތަރީން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރި ވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

comment ކޮމެންޓް