މިފްކޯގެ އެމްޑީއަކަށް ފައުޒީ އައްޔަން ކޮށްފި

މިފްކޯގެ އެމްޑީ ކަމަށް އައްޔަން ކުރި ފައުޒީ ---

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ގއ. ކޮލަމާފުށީ ރޯޝަނީގޭ، އިސްމާއީލް ފައުޒީ އައްޔަން ކުރައްވައިފި އެވެ.

ފައުޒީ އަކީ މީގެ ކުރިން މިފްކޯގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފާއިތުވި ސަރުކާރުގައި، މިފްކޯގެ މާލީ ހާލާތު ދަށްވުމުގެ ސަބަބުން ވަނީ މަސްވެރިންނަށް ފައިސާ ނުދެއްކިފަ އެވެ. އެ ފައިސާ ދައްކައި މިފްކޯ ހަމައަކަށް އެޅުވުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ އެ ކުންފުންޏަށް ލޯނާއި އެހީ ދީފަ އެވެ.

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަން ފާހަަގަކޮށްލެވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް