އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓު ބޮޑުކޮށްފި

އެމެރިކާގެ މަރުކަޒީ ބޭންކުގެ ޗެއާމަން ޖެރޯމް ޕަވެލް -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޑިސެމްބަރު 20): މި އަހަރު ހަތަރު ވަނަ ފަހަރަށް، އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި އެވެ.

އިއްޔެ ގެނައި ބަދަލާއެކު އިންޓްރެސްޓު ރޭޓު ވަނީ 2.25 ޕަސެންޓާއި 2.50 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވެފަ އެވެ. އެއީ 2015އިގެ ފަހުން މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކުރި ނުވަ ވަނަ ފަހަރެވެ.

ފެޑެރަލް ރިޒާވުގެ ބޯޑުގައި ހިމެނޭ ހުރިހާ މެމްބަރުންގެ ތާއިދާ އެކު އެބޭންކުން ޝޯޓް ޓާމް އިންޓްރެސްޓް ރޭޓު ބޮޑު ކުރީ، އެރޭޓު އެއްވަރެއްގައި ބެހެއްޓުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ފަހުންނެވެ.

އަދި ޗައިނާ އާއި އެމެރިކާގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުންނާއި ތެލުގެ އަގު ދަށްވެ، ދުނިޔޭގެ އިގުތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން އޭގެ އަސަރު ސްޓޮކް މާކެޓަށް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް ބޭންކުގެ ޗެއާމަން ޖެރޯމް ޕަވެލް ވަނީ ފެޑެރަލް ރިޒާވުގެ ފައިސާއާ ބެހޭ ސިޔާސަތުތައް ނިންމުމުގައި ސިޔާސީ މައްސަލަތަކަށް ނުބަލާނެ ކަމަށާއި އެއީ މިނިވަން ގޮތެއްގައި ނިންމާ ނިންމުންތައް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް